ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ފާސްކުރި ކުނި މެނޭޖުކުރުމުގެ ޤާނޫނު އިސްލާހުކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ކުނީގެ މައްސަލަ ރާއްޖެއަށް ބޮޑުވެފައި ވަނިކޮށް، ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ފާސްކުރި ބިލު ރައީސް ތަސްދީގުކުރަށްވައި، ޤާނޫނަކަށް ހެދުމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
މި ޤާނޫނު އޮތްގޮތުން ބައެއް ހާލަތްތަކުގައި ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭނެއެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ ޤާނޫނުގައި ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އޮތްނަމަވެސް، ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ނުދޭނެކަމަށެވެ.
މީޑިއާއަށް މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ކުނި އެތެރެކުރުމަށް ހާއްސަ ގަވާއިދެއް ހަދަންޖެހޭއިރު، އެ ގަވާއިދު ހަދައި ކުނި އެތެރެކުރުމުގެ ހުއްދަ ދޭން ސަރުކާރުން ބޭނުންނުވާކަމަށެވެ. އަދި އެކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކުނި އެތެރެކުރުމާއި ގުޅޭ ބައި އިސްލާހުކުރަން މަޖިލީހަށް އަންނަ ދައުރުގައި ހުށަހަޅާނެކަމަށެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެވެ. މިގޮތުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ އަޅާނެ އިދާރީފިޔަވަޅުތަކާ އަދަބުތަކާ، ޖިނާޢީ ދަޢުވާކުރެވޭނެގޮތް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މިޤާނޫނުން ޙާސިލްކުރަން ބޭނުންވާ މުހިއްމު ބައެއް މަޤުޞަދުތަކުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ޢާންމު ޞިއްޙަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ޤަޞްދުގައިދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މިޤާނޫނުގެ މަޤުޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
މިޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުނިމެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މީގެ އިތުރުން މިޤާނޫނު ތަސްދީޤު ކުރައްވައި ގެޒެޓްކުރައްވާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ކުނިމަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރ ކަނޑައަޅުއްވައި އާއްމު ކުރަންޖެހޭނެ ކަމަށާއި އަދި ކުނިމެނޭޖު ކުރުމުގެ ޤައުމީ މާސްޓަރ ޕްލޭންވެސް 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު