މާލޭގައި މަރުވާ މީހުންގެ ކަށުނަމާދުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުކުރަމުންދާ "ކަށު ނަމާދު ޕޭޖް" ހިންގުން ހުއްޓާލަން އަންގާފައެއް ނޯންނާނެކަމަށް މާލެ ސިޓީ ކައުންސިލް ބުނެފިއެެވެ.

ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައި މިވަނީ ކަށު ނަމާދު ޕޭޖް ހިންގުން ހުއްޓާލަން ސިޓީ ކައުންސިލުން އަންގާފައިވާކަމަށް އެ ޕޭޖު ހިންގާ ފަރާތުން ބުނެފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތަށް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަމަށެވެ.

ކަށު ނަމާދު ޕޭޖަކީ ހިލޭ ސާބަހަށް މީހަކު ކުރާ މަސައްކަތެކެވެ. އެގޮތުން އެ ޕޭޖަށް މައުލޫމާތު ފޮނުވުމުން ކަށު ނަމާދުގެ މައުލޫމާތު އެ ޕޭޖުގައި އާއްމުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު