ސިނަމާލޭ ބްރިޖްގައި މިދިޔަ ހުކުރުދުވަހު މީހެއްގެ ފުރާނަ ގެއްލުނު އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލް ދުއްވަން އިން މީހާ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިއުމުންކަން ހާމަވެއްޖެއެވެ.
މިދިިޔަ ހުކުރު ދުވަހު މެންދުރުފަހު ހިނގި އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ނިޔާވެފައެވެ.
މިއަދު ވަނީ މި ހާދިސާ ހިނގި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯއެއް އާއްމުވެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އިސްމާއިލް އަންނަނީ މާލެއިން ހުޅުމާލެއަށް ދިއުމަށެވެ. އެކްސިޑެންޓް ހިނގީ މާލެ، ހުޅުމާލެ، ހުޅުލެ ގުޅޭ ޖަންކްޝަންގެ ޓްރެފިކް ލައިޓަށް އިސްމާއިލް މަޑުނުކޮށް ދިއުމުންނެވެ. އެވަގުތު ހުޅުމާލެ ކޮޅުން ހުޅުލެއާ ވީކޮޅަށް އަނބުރާލި ވޭނެއްގައި އޭނާގެ ސައިކަލް ޖެހި އެކްސިޑެންޓް ހިނގަނީއެވެ.
އެކްސިޑެންޓް ހިނގުމާއެކު އޭނާ ވެއްޓި، ބޯ ފަޅައިގެން ގޮސް، ލޭގެ ކޯރެއް ހެދުނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
22 އަހަރު ވަންދެން ބެންކޮކްގައި ދިރިއުޅުމަށްފަހު ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެެވެ.
ޖަމްބޯ އިއްސެއަކީ ގަލޮޅު ދަނޑުގައި ފައިވާން ފިހާރަތަކެއް ހިންގަމުން ގެންދިޔަ މީހެކެެވެ. ބެންކޮކްގައި ވެސް އެ ވިޔަފާރި ވަރަށް ފުޅާދާއިރާއެއްގައި ހިންގިއެެވެ. އެގޮތުން އޭނާ ވަނީ ފައިވާން އުފައްދާ ފެކްޓަރީއެއް ވެސް ހިންގާފައެވެ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިވާން އުފައްދައިދީ އެކަމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެެވެ. އިއްސެ ނިޔާވިއިރު އޭނާ ގެންދިޔައީ ބެންކޮކުން ދިވެހި ވިޔަފާރިވެރިންނަށް މުދާ ފޮނުވައިދިނުމުގެ މަސައްކަތް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު