މިއަހަރު ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު މާދަމާ ހާސިލުވާނޭކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބުނެފިއެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ބެލެވޭކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ބެލެވެނީ މާދަމާ މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތެއްގައިކަމަށެވެ. އަދި އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރުސީއާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ތައްޔާރީތައްވަމުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެގޮތުން ދިވެހި ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއިއެކު ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ކަންކަން ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދާކަމަށް ތައްޔިބު ވިދާޅުވިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،590،379 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 14.1 އިންސައްތަ ހިއްސާއާއިއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އޢަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5685 ފަތުރުވެރިން އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު