ފްރާންސް ރޮއްވާލުމަށްފަހު ފީފާ ވޯލްޑްކަޕް 2022 ގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފިއެވެ.
އާޖެންޓީނާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި ޕެނަލްޓީ ޝޫޓްއައުޓުންނެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުރިއަށް ދިޔަ ވޯލްޑްކަޕްގެ ފައިނަލް މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައިވުމުން ޕެނެލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ 4-2 އިންނެވެ.
އެންމެފަހުން އާޖެންޓީނާއިން ވޯލްޑްކަޕް ކާމިޔާބުކުރީ 1986 ވަނަ އަހަރު މެރަޑޯނާގެ ރަންޒަމާނުގައެވެ. އަދި އޭގެ 36 އަހަރުފަހުން މިއަދު މިވަނީ އާޖެންޓީނާއިން ތަށި ހޯދާފައެވެ.
މި މެޗުގައި ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީ އާޖެންޓީނާއަށް ޖަހައިދިނީ މެސީއެވެ. ދެވަނަ ގޯލް ޖެހީ ޑިމަރިއާއެވެ. އެގޮތަށް ހާފު ނިމިގެން ދިޔަނަމަވެސް، ދެވަނަ ހާފުގައި ފްރާންސް އިން ވަނީ ތަފާތު ދައްކައި، ލިބުނު ޕެނަލްޓީއަކުން ގޯލެއް ކާމިޔާބު ކޮށްފައެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ އެމްބަޕޭއެވެ. އަދި އޭގެ ފަހުން އެއް މިނެޓު ތެރޭ އެމްބަޕޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގައި ވެސް ފުރަތަމަ ގޯލްޖެހީ އާޖެންޓީނާއިން މެސީއެވެ. ނަމަވެސް، އަނެއްކާވެސް ފްރާންސްއަށް ޕެނަލްޓީއެއް ލިބި އެމްބަޕޭ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް ސްކޯ ހަމަހަމަ ކޮށްފައެވެ.
މިއީ އާޖެންޓީނާގެ އިތުރުން ލިއޮނެލް މެސީއަށް ލިބުނު އެންމެ މުހިންމު މޮޅެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނުލިބި އޮތް ހަމައެކަނި ތަށި އޭނާ މިވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު