ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ ހޯދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެފްކޮންސްގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ބަޔަކަށް ވަނީ އަނިޔާލިބިފައެެވެ. އެ ހާދިސާއަށްފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.
އެހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިޔާގެ ރައްޔިތެކެެވެ. އޭނާގެ ވަނަވަރު ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.
ގުޅިފަޅުގައި ހުންނަ އެކޮމެޑޭޝަން ބްލޮކްގައި އަލިފާން ރޯވިއިރު އެތަނުގައި 457 މުވައްޒަފުން ތިއްބެވެ. އެ ހާދިސާގައި އެ އެކޮމެޑޭޝަން ބްލޮކް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
އަލިފާނުގެ ހާދިސާގައި 78 މީހަކަށް އެކިވަރުގެ އަނިޔާތަށް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް ފަރުވާދެމުންދާ ކަމަށް އެފްކޮންސް އިން މައުލޫމާތުދެއެވެ. އެހާދިސާގައި ކުދިކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެެވެ.
އެފްކޮންސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން އަންނައުނާއި ސޫޓް ކޭހާއި މޮބައިލް ފޯނު އަދި މާލީގޮތުން ވެސް އެހީވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު