އަލަށް އުފަންވާ ކުދިން އުފަންވާތާ 7 ދުވަހުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ނުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް ކުރާގޮތަށް ފާސްކޮށްފައިވާ "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.
މި ގާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވާ ކުދިން އުފަންވާތާ 7 ދުވަހުގެ ތެރޭގައި އޭނާގެ ފޫޅުމާ ފޯމާއިއެކު ރަޖިސްޓްރީކުރަން ރަށު، ސިޓީ ކައުންސިލަށް ހުށަހެޅުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެއްކަމަށެވެ. އަދި ރާއްޖޭން ބޭރުގައި އުފަންވާ ކުދިންވެސް ރާއްޖެ އަންނަތާ 7 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅިއިރު އޮތީ އެ މުއްދަތުގައި ރެޖިސްޓްރީ ނުކޮށްފިނަމަ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައިވަނީ އެ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ. އޭގެ ތެރޭގައި، ކުއްޖާ ރަޖިސްޓްރީ ނުކުރެވުނު ސަބަބަށް ރިއާޔަތް ކުރުން ހިމަނާފައިވެއެވެ.
ކޮމިޓީ މަރުހަލާގައި މި ބިލަށް ދެން ގެނެސްފައިވާ އަނެއް މައިގަނޑު ބަދަލަކީ ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިކުރެވެން ނެތް ހާލަތުގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ވެސް ސޮއިކުރެވޭނެ ހާލަތެއް ނެތްނަމަ ބެލެނިވެރިޔާއަށް ސޮއިކުރެވޭނެ ގޮތަށް ހެދުމެވެ.
މީގެ އިތުރުން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ރަޖިސްޓްރީއާއި ފޯމްތަކުގައިވާ މައުލޫމާތެއް ބަދަލު ކޮށްފިނަމަ 10000 ރުފިޔާއާއި 15000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު