ބޮސްނިއާ އެންޑް ހޭޒަގޮވީނާގެ ފޮރިން މިނިސްޓަރ ޑރ. ބުސޭރާ ޓުރްކޮވިޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލ؛ުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ މިއީ ބޮސްނިއާ ސަރުކާރުގެ އިސްވެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަން ފާހަގަކުރައްވައި، އެކަމަނާއަށް ވަނީ ތަހުނިޔާއާއި މަރުހަބާ ދަންނަވާފައެވެ.
ބޮސްނިއާގެ ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިއަހަރަކީ ރާއްޖެއާއި ބޮސްނިއާ ދެމެދު ސިޔާސީ ގުޅުން ގާއިމްުކުރިތާ 25 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމާއި މަތީ ތައުލީމާއި ޒުވާނުން ތަމްރީންކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ދިވެހިރާއްޖެއާއި ބޮސްނިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1997 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު