މީޑިއާތައް ހިންގަން ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ މީޑިއާތައް މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނެ އުސޫލެއް ކަނޑައެޅުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ މަޝްހޫރު އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑް މޯލްޑިވްސްއިން މިމަހުގެ 8 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާކަށްވާއިރު މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ ވަސީލަތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މީޑިއާގެ މަސައްކަތްތައް ބައްޓަން ކުރުމުގައި މާލީ ނުފޫޒުން އެއްކިބާވާން ޖެހޭކަމަށް ގަބޫލުކުރާކަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ސަރުކާރުން މީޑިއާތަކަށް ބަޖެޓުން ފައިސާ ދެވޭނެ އުސޫލެއް ހަދައި، އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް އެޑިޓާސް ގިލްޑުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ނެރުނު ބަޔާނާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ނޫސްވެރިންގެ ޚިޔާލުތަކަށް ސަރުކާރުން އަަބަދުވެސް އިސްކަން ދޭނެ ކަމަށާއި އަދި ނޫސްވެރިންގެ އަޑުވެސް ސަރުކާރުން އަހާނެކަމަށެވެ. ނަަމަވެސް ދައުލަތުގެ ބަޖެޓުން މީޑިއާތައް ހިންގަން ފައިސާ ދިނުމަށް މިވަގުތު ޕްލޭންތަކެއް ނެތްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަދި ސިޔާސީ ޕާޓީތަކާއި އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ކުރާ ކަންކަމުގެ ސާފު މައުލޫމާތު ގެނެސްދޭ ބަޔަކީ މީޑިއާ ކަމަށެވެ. މީޑިއާތަކުން ތެދު މައުލޫމާތު ފޯރުކޮށް ނުދޭނަމަ އަދި ވަކި ފަރާތަކަށް ޖެހިގެން ޚަބަރު ފަތުރާނަމަ، ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ނުލިބޭނެކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މީޑިއާތަކަށް ސަރުކާރާއި ދައުލަތް ޒިންމާދާރު ނުކުރެވޭނަމަ ކޮރަޕްޝަނާއި ފަސާދަ އަށަގަނެ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނެކަމަށާއި ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބޭނުންކުރަން ހުންނަ ފައިސާ ބޭކާރުވެގެންދާނެ ކަމަށް ބަޔާނުގައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު