އދ.ގެ ރެފިއުޖީ އެޖެންސީގެ މަންދޫބުގެ މަގާމުން އެންޖެލީނާ ޖޯލީ ދޫކޮށްލައިފިއެވެ.

ހޮލީވުޑްގެ މަޝްހޫރު ބަތަލާ، އެންޖެލީނާ ޖޯލީ، އދ ގެ މިމަގާމު ދޫކޮށްލާފައިވަނީ ވިހި އަހަރަށްވުރެ ގިނަދުވަހު އެމަގާމު ފުރުމަށްފަހުއެވެ.

މިކަމާ ގުޅިގެން އދ އާއެކު އެންޖެލީނާ އާންމުކޮށްފައިވާ ބަޔާނެއްގައި އދ.ގެ ރެފިއުޖީ އެޖެންސީގެ ހާއްސަ މަންދޫބުގެ މަގާމުން އެންޖެލީނާ ޖޯލީ ވަކިވި ނަމަވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެކަމަށް އިއުލާންކޮށްފައިވެއެވެ.



"ރެފިއުޖީންނާއި، އިންސާނީ އެހީތެރިކަމަށް ޖެހި ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރިއަށް އޮތް އަހަރުތަކުގައި އަހަރެންގެ ބާރުގެ ދަށުން ކުރެވެން ހުރިހާ ކަމެއް ކުރަމުން ގެންދާނަން،" ޖޯލީއާ ހަވާލާދީ ބަޔާނުގައި ބުނެފައިވެއެވެ. އަދި ސީދާ ރެފިއުޖީންނަށް އެހީތެރިވުމަށް ރެފިއުޖީންނާއި، ރެފިއުޖީންނަށް އެހީތެރިވާ އެކި ޖަމާއަތްތަކާއި ގުޅިގެން ވަކިން މަސައްކަތް ކުރަން މުހިންމުކަމަށްވެސް ޖޯލީ ފާހަގަކޮށްފައިވެއެވެ.

އދ.ގެ ރެފިއުޖީ އެޖެންސީއާއެކު ޖޯލީ އެންމެ ފުރަތަމަ މަސައްކަތް ފެށީ 2001 ވަނަ އަހަރު އެވެ. އަދި 2012 ވަނަ އަހަރު އެ ޖަމިއްޔާގެ ހާއްސަ މަންދޫބެއްގެ މަގާމަށް އައްޔަން ކުރިއެވެ. ޖޯލީ ވަނީ އދ ގެ 60 އަށް ވުރެ ގިނަ ފީލްޑް މިޝަންގައި ބައިވެރިވެ، އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައެވެ. އަދި އިންސާނީ އެހީތެރިކަމަށް ޖެހިފައިވާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމޫނާ ދައްކަމުންދާކަމަށް ޖޯލީއަށް ސަޕޯޓުކުރާ ފަރާތްތަކުން އަދިވެސް ފާހަގަކުރަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން