ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައެޅި ސަފީރު އުމަރު އަބްދުއްރައްޒާގުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލްއަށް އަރުވައިފިއެވެ.
ޔޫރަޕިއަން ކައުންސިލްގެ ޖެނެރަލް ސެކްރެޓޭރިއަޓްގެ ހެޑްކުއާޓާޒްގައި ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތު ދެ ބޭފުޅުން ވަނީ ރާއްޖެއާއި އީޔޫއާ އޮތް ގުޅުން ބަދަހިވަމުން އަންނަކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސްޓޭޓް މިނިސްޓަރު ފެންވަރުގައި ޢުމަރު ޢަބްދުއްރައްޒާޤު އައްޔަންކުރެއްވީ މިދިޔަ މޭމަހުގެ 30 ވަނަ ދުވަހުއެވެ.
ބެލްޖިއަމާއި އީޔޫގެ ސަފީރުކަމުގެ މަގާމުގެ އިތުރުން އުމަރު އަބްދުއްރައްޒާގަކީ ރާއްޖެއިން ކިންގްޑޮމް އޮފް ނެދަލެންޑް އަދި ގްރޭންޑް ޑަޗްސް އޮފް ލަގްޒަމްބާގަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންސް ސަފީރުވެސްމެއެވެ.
އުމަރު އަބްދުއްރައްޒާގު މީގެކުރިން ވަނީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ..

Ambassador of Maldives to the European Union, Omar Abdul Razzak presents the Letter of Credence to the President of the European Council, Charles Michel
— Ministry of Foreign Affairs 🇲🇻 (@MoFAmv) December 16, 2022
📃 Press Release | https://t.co/tNUD2PsSSj pic.twitter.com/JTTTnnqEDv
ބެލްޖިއަމާއި އީޔޫގެ ސަފީރުކަމުގެ މަގާމުގެ އިތުރުން އުމަރު އަބްދުއްރައްޒާގަކީ ރާއްޖެއިން ކިންގްޑޮމް އޮފް ނެދަލެންޑް އަދި ގްރޭންޑް ޑަޗްސް އޮފް ލަގްޒަމްބާގަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންސް ސަފީރުވެސްމެއެވެ.
އުމަރު އަބްދުއްރައްޒާގު މީގެކުރިން ވަނީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ..
ކިޔުންތެރިންގެ ހިޔާލު