މިފްކޯއިން އަލަށް ގެންނަ ބޯޓްތަކުގައި 60 ޓަނުގެ ފްރީޒިން ކެޕޭސިޓީ ގާއިމްކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ރޭ ވިދާޅުވެއްޖެއެވެ.
މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް މަސް ކިރުމުގެ މަސައްކަަތަށް އިތުރު 3 ބޯޓެއް ގަނެ އެ ބޯޓްތަށް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން މެނޭޖިިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އަލަށް ގެންނަ ބޯޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ބޯޓްތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އެގޮތުން އެ ބޯޓްތަކުގައި 60 ޓަނުގެ ފްރީޒިން ކެޕޭސިޓީ ގާއިމްކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އެ ތިން ބޯޓް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އުތުރުގެ އަތޮޅުތައް ހިމެނޭ ސަރަހައްދުގައި ކަމަށާއި އެއާއެކު އެ ސަރަހައްދުގެ މަސް ކިރުވުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
"ކިރުވާ މަސް ބޯޓްގައި ފްރީޒްކޮށްފައި ކޯލްޑްސްޓޯރޭޖަށް ލެވޭވަރަށް އަޅުގަނޑުމެން ބޯޓް ފަހަރުގެ ކަންކަން މި ފުރިހަމަކުރަނީ، އަޅުގަނޑުމެން މިބަލަނީ އެ ބޯޓްގައި ކޮންމެވެސް ވަރެއްގެ ކޯލްޑްސްޓޯރޭޖަކާއި އެއްކޮށް އޮޕަރޭޓްކުރަން. އޭގެ މާނައަކީ ދެ ދުވަސް ތިން ދުވަސް ނުވަތަ ހަތަރު ދުވަހުގެ ކެޕޭސިޓީ ސެންޓަރުގައި އަނެއްކާ އޮފްލޯޑްކޮށްފައި ދާގޮތަށް، އެހެންވީމަ އުއްމީދުކުރަނީ މިހާރު މި އޮޕަރޭޓް ކުރާ ބޯޓް ފަހަރަށްވުރެ ރަނގަޅު ބޯޓްތަކަކަށް މި ބޯޓްތަށް ވާނެކަމަށް." ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފައުޒީ ވިދާޅުވީ ބޯޓްތައް ގެންނަނީ ރާއްޖެއިން ބޭރުން ކަމަށްވާތީ ބޯޓްތައް ރާއްޖެ ގެނައުމުގަަައި ބައެއް ދަތިތައް އެބަހުރި ކަމަށެވެ. އަދި ބޯޓަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ ބޯޓްތައް ރާއްޖެ ގެނެވޭނެ ދުވަހެއް އެނގޭނީ ރަޖިސްޓްރޭޝަންގެ މަސައްކަތް ނިމުމުން ކަމަށް ފައުޒީ ވިދާޅުވިއެވެ.
"އުއްމީދުކުރަނީ ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި އެކަން ކުރިއަށް ގެންދަން.، އެ މަސައްކަތުގެ ސްޕީޑް ޑިޕެންޑްވާނީ ރަޖިސްޓްރޭޝަން ޕްރޮސެސް ދާ ސްޕީޑަށް ބަލާފައި." ފައުޒީ ވިދާޅުވިއެެވެ.
މަސް ކިރުމަށް މިފްކޯގައި މިހާރު އޮންނަ ދެ ބޯޓަކީ 100 ޓަނުގެ ޖަޒީރާ 102 އާއި 90 ޓަނުގެ މަހާ ކަލަމިންޖާއެވެ.

ކިޔުންތެރިންގެ ހިޔާލު