އެމްޑީޕީގެ ހަރުގެއަށްވުރެ ޚިދުމަތްތެރި ހިޔަލެއް ޕާޓީއަށް ނެތް ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު މިރޭ ވިދާޅުވީ ޕާޓީ ހަރުގެއިން ލިބޭ ކާމިޔާބީ ހަނދާން ނައްތާލުމުން އެއްބައިވަންތަކަން ގެއްލި ޕާޓީ ބަލިކަށިވާނެ ކަމަށެވެ. މުސްކުޅިންވެސް "ސަލާންޖަހާ ނާށިގަނޑު އެއްލާ ނުލުމަށް" ބުނާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ މިއަދު ވަނީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަން އިއުލާންކޮށްފައެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ވަނީ ނިއްމާފައެވެ. ރައީސް ސާލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރަންޖެހޭ މަަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކެމްޕޭން ފެށުމަށް ދާދިފަހުން މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ.

ޕާޓީ ހަރުގެއިން ލިބޭކާމިޔާބީ ހަނދާންނައްތާލީމަ އެއްބައިވަންތަކަންގެއްލި ޕާޓީ ބަލިކަށިވާނެ މުސްކުޅިންބުނަނީ ސަލާންޖަހާ ނާށިގަނޑުއެއްލާނުލައްޗޭ!MDP ހަރުގެއަށްވުރެ ޚިދްމަތްތެރި ހިޔަލެއް މިޕާޓީީ އަކަށްނެތް pic.twitter.com/jnHCICOFjV
— Moosa Maniku (Reeko) (@ReekoMoosa) December 17, 2022
މޫސަ މިއަދު ވަނީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަން އިއުލާންކޮށްފައެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ވަނީ ނިއްމާފައެވެ. ރައީސް ސާލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރަންޖެހޭ މަަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކެމްޕޭން ފެށުމަށް ދާދިފަހުން މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު