އިދިކޮޅު ކޯލިޝަނުން މިމަހުގެ 23 ވަނަ ދުވަހު "ފެލާލައިފި" ނަމުގައި ބާއްވަން ނިންމާފައިވާ ބޮޑު ޖަލްސާގެ ޝިއާރަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ފާޑުވިދާޅުވެއްޖެއެވެ.
ދުވަސްތަކަކަށްފަހު އިދިކޮޅު ކޯލިޝަނުން ބާއްވާ އެ ޖަލްސާއަށް ޕާޓީން ތައްޔާރީތައް ވަމުންދާތީ އެކަމާއި ގުޅިގެން އިކްރާމް މިއަދު ވަނީ ފެލާލައިގެން އުޅެނީ ކޯޗެއްތޯ ސުވާލު އުފައްދަވާފައެވެ.
އެގޮތުން، ރައީސް ޔާމީންގެ ސަރުކާރުގައި އޭރު ހިނގި ބައެއް ކަންކަމާއި ގުޅުވައި އިކްރާމް ވަނީ، ފެލާލައިގެން އުޅެނީ ފަނޑިޔާރުގެތޯ، އޭސީސީތޯ، މަޖިލިސްތޯ، ސިޔާސީ ވެރިންގެ މިނިވަންކަންތޯ އަދި ބޭރު ގައުމުތަކާއި އޮތް ގުޅުންތޯ ސުވާލު ކުރައްވާފައެވެ.
އިކްރާމް ވިދާޅުވީ، އެކަންކަމަށް ބަލާއިރު ފެލާލައިފި، ޝިއާރު ބޮޑަށް ގުޅެނީ ރައީސް ޔާމީންގެ ވެރިކަމާއި ކަމަށެވެ.
އަދި އަމިއްލައަށް ވިސްނާ، ހަގީގަތް ދެނެގަންނަ ކޮންމެ މީހަކުވެސް މި ވެރިކަން ބަލައިގަންނަކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުގެ ބޮޑު ޖަލްސާ މިފަހަރު ހާއްސަކޮށްފައި ވަނީ ދައުލަތުގެ ރިޒާވް މަދުވާ މައްސަލައާއި ގައުމުގެ އިގުތިސާދީ ހާލަތާއި އޭގެ ސަބަބުން ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ބޮޑުކުރުމާއެވެ.

ކިޔުންތެރިންގެ ހިޔާލު