ޔޫރަޕުގެ ގައުމުތަކުން އެންމެ މީރު ކާނާގެ އެވަރޑް ލިބިފައިވާ، އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ދުނިޔޭގެ ބޮޑެތި ޗެއިން ތަކުގެ އިތުބާރު ލިބިފައިވާ ރެއްލާ ކޭކްގެ ރަހަތައް މިހާރު ރާއްޖެއިން ލިބެން ހުރުމަކީ ގިނަ ދިވެހިންނަށް ލިބޭނެ އުފާވެރި ޚަބަރެކެވެ.

ރެއްލާ ކޭކް ދުނިޔޭގެ ތިރީސް އެތަށް ޤައުމަކުން ލިބެން ހުރިއިރު މިހާރު ޑްރީމްސް ޕްރައިވެޓް ލިމިޓެޑާއި ވައިލްޑްފަލަރގެ އެހީތެރިކަމާއިއެކު ރާއްޖޭގައިވެސް ރެއްލާ ކޭކް ލިބެން އެބަހުއްޓެވެ.

ހަމަގައިމުވެސް ކޭކްގެ މީރު ރަހަ ގެންނަން އެނގުމަކީ ހުނަރެކެވެ. އަދި އެތަކެއް އަހަރެއްގެ ތަޖުރިބާ އާއި އެ މީރު ރަހަ ގެނައުމަށް ބޭނުންކުރާ ބާވައްތަކަކީ، ތާޒާ، ނުހަނު ކޮލިޓީރަނގަޅު، އަދި ގުދްރަތީ ބާވައްތަކަށްވެސް ވާންވާނެއެވެ. އެގޮތުން ރެއްލާ ކޭކް އެޅުމަށް ބޭނުންކުރާ ހުރިހާ ބާވައްތަކަކީވެސް ނުހަނު ފަރުވާތެރިކަމާއެކު ހިޔާރު ކޮށްފައިވާ އަދި އެ ބާވައްތަކަކީ ދުނިޔޭގަ އެއްމެ ފެންވަރުރަނގަޅު އުފެއްދުން ތަކެވެ. މިހެން ކަމުން ދުނިޔޭގެ އެހެން ހިސާބަކުން ރެއްލާ ކޭކު ގަތަސް، ރާއްޖެއިން ރެއްލާ ކޭކު ގަތަސް ކޮލިޓީ އާއި ރަހައަށް ބަދަލެއް ނާދެއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެތައް ބަޔަކަށް ކަމުދާ ރެއްލާ ކޭކް ތައްޔާރު ކުރާ ހާއްސަ ބަދިގެއިން ކޭކް އެޅުމުގެ ހުރިހާ މަރުޙަލާއެއް ހިންގަމުން ދަނީ މަންމަގެ އަތުން ކޭކް އަޅާ ހާ ފަރުވާތެރިކަމާއެކުއެވެ. އަދި ކޭކު ތައްޔާރުކުރުމުގައި ރައްކާތެރިކަމާއެކު އެތަކެށް މީރުރަހަތަކަށް ސަމާލުކަން ގެނުވައިދެނީ ސިއްހަތަށް ފައިދާކުރާނޭހެންނެވެ.



ރެއްލާ ކޭކް އަޅަނީ ދުނިޔޭގެ މިކަމަށް އެންމެ ސްޓެންޑަރޑް ރަނގަޅު މެޝިނަރީއާ އާލާތަކާ އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. ރެއްލާ ކޭކްގެ ރަހަ އުފައްދަނީ އެކަމަށް ހާއްސަ ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެވެންހުރި ހުރިހާ ރަހަތަކެއް ބެލި ރޮބޮޓިކްސްގެ އެހީގައެވެ. އަދި އެކި މަރުހަލާތަކުގައި ތަފާތު ހުނަރު ލިބިފައިވާ އެތަކެށް ރޮބޮޓްސް ރެއްލާ ކޭކް އުފައްދުމުގަ ބައިވެރިވެއެވެ. 

ރެއްލާ ކޭކަކީ މިކޭކު ކާ ފަރާތްތަކުގެ ބޭނުންތަކާއި އިޙްސާސްތަށްދަނެ ހުރިހާ ހަފްލާތަކަށް ބޭނުންކުރެވޭނެހެން އުފައްދާ ކޭކެކެވެ. މި ކޭކް އުފެއްދުމުގެ ހުރިހާ މަރްޙަލާއެއްގައި މިކަމަށް ވަރަށް ޙާއްސަ ސަމާލުކަމެއްދެއެވެ.



ރެއްލާ ކޭކް ބްރޭންޑްގެ ދުވިސައްތައެތަށް ބާވަތުގެ ކޭކް ހިމެނޭއިރު، ރެއްލާ ކޭކް ރާއްޖޭގައި ޑިސްޓިރިބިއުޓް ކުރަނީ ޑްރީމްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ވައިލްޑްފްލަރ އިން ރެއްލާ ކޭކް ހޯލްސެލް އަދި ރީޓެއިލްކޮށް ބައްލަވައިގަނެވޭނެއެވެ. އެގޮތުން މާލެ އިން ކޭކް އޯޑަރ ކުރެއްވުމަށް ވައިލްޑްފްލަރގެ ނަންބަރ 7301005 އަށް ގުޅާލެވޭނެއެވެ. އަދި ހުޅުމާލެ އިން ކޭކް އޯޑަރ ކުރެއްވުމަށް ވައިލްޑްފްލަރގެ ނަންބަރ 7331005 އަށް ގުޅާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން