ގިރާވަރުފަޅު ހިއްކައިގެން ރެސިޑެންޓަލް ސިޓީއެއް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ގިރާވަރުފަޅު ހިއްކައިގެން ރެސިޑެންޝަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރިޔާސީ ގަރާރެއް ނެރުއްްވާފައެވެ.

މާލޭ މީހުންނަށް ގޯތިދޭން ނިންމާފައިވާ ގިރާވަރުފަޅު ތަރައްޤީކުރުމުގެ މިމަޝްރޫއަށް ޚަރަދު ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ކަމަށް ރައީސްގެ ޤަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިކޮނިމިކް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ގިރާވަރު ފަޅު އިންވެސްޓަރުންނަށް ހުޅުވާލީ، ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ކަމަށެވެ. އެގޮތުން މަޝްރޫޢަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

ގިރާވަރުފަޅު ހިއްކައި އެތަނުން މާލޭ މީހުންނަށް ގޯތި ދޭނެ ކަމަށް މިއަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވެ އެވެ.

އެގޮތުން ރިޔާސީ ބަޔާނުގައި ރައީސް އިޢުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 ބިމާއި، ގުޅީފަޅުން 2000 ބިން އަދި ގިރާވަރު ފަޅު ހިއްކާ އެތަނުން 2000 ގޯއްޗެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިއްމާލާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން