ސްކޫލު ނިމިގެންދާއިރު ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ހުނަރެއް ދަސްވެފައިވާ ކުއްޖަކަށް ވާންޖެހޭކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްްޖެއެެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ހުންނަ ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސްކޫލެއްގެ ދައުރަކީ، މުޖުތަމައަށް ފައިދާހުރި، ޤައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވުމަކީ މުހިއްމުކަމެއް ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެެ. އެމަނިކުފާނު ވަނީ، ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިޔަށް ދެވޭނެ ފުރުޞަތުތައް އެބަހުރިކަން ފާހަގަކުރައްވައި، އެފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. މިގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަޞީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މުޖުތަމައަށާއި ޤައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުކަމަށެވެ. އަދި މިފާއިތުވެ ދިޔަ ތަނުގައިވެސް ޏ އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ކަމަށް ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. މިގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމަށް ވެސް މިޖަލްސާގައި ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވުނު، ޏ.އަތޮޅު ތަޢުލީމީ މަރުކަޒަކީ މިހާރު، ގްރޭޑް 7ން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ ސްކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު