ފުވައްމުލައް ސިޓީގައި ހުންނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އިތުރަށް ތަރައްގީކޮށް ބޮޑެތި ބަދަލުތަކަކަށް މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެެ. ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނާއިބް ރައީސް ފައިސަލް ނަސީމެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރިމަގު ވަރަށް އުޖާލާކަމަށެވެ. އެގޮތުން ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ނަމޫނާ ސްކޫލްތަކުގެ ގޮތުގައި، ރާއްޖޭގެ އުތުރުންނާ ދެކުނުން 2 ސްކޫލެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙަމަދު ޞާލިޙު ނިންމެވިއިރު އޭގެތެރެއިން އެއް ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިމަގުން ސްކޫލްގެ ކިޔެވުމުގެ މޮޑެލް ތަރައްޤީކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކޮށް، ކުރިއަށް އިތުރު މަސައްކަތްތައް ރޭވިފައިވާކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
އެގޮތުން ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ޝާމިލް ވެއްޓެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފަައިވާ ކަމަށް މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވިއެވެ. މީގެ އިތުރުން ހުނަރުތައް ދަސްކޮށްދިނުމަށް ވޯކްޝޮޕްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
"21ވަނަ ޤަރުނަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ސްޓެމް ލެބް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ." މިނިސްޓަރު ވިދާޅުވިއެވެ
މި ރަސްމިއްޔާތުގައި ވަނީ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެެވެ.
ގްރޭޑް 12އާއި ހަމައަށް ކިޔަވައިދޭ ޏ.އަތޮޅު ސްކޫލަކީ މިވަގުތުވެސް 450އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދާ ސްކޫލެކެވެ. ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދޭން ފެށީ 1982ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.

Vice President @FaisalNasym attended the function held to commemorate the 40th anniversary of Gn. Atoll Education Centre. pic.twitter.com/O1qJLPHviF
— The President's Office (@presidencymv) December 16, 2022
އެގޮތުން ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ޝާމިލް ވެއްޓެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފަައިވާ ކަމަށް މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވިއެވެ. މީގެ އިތުރުން ހުނަރުތައް ދަސްކޮށްދިނުމަށް ވޯކްޝޮޕްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
"21ވަނަ ޤަރުނަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ސްޓެމް ލެބް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ." މިނިސްޓަރު ވިދާޅުވިއެވެ
މި ރަސްމިއްޔާތުގައި ވަނީ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެެވެ.
ގްރޭޑް 12އާއި ހަމައަށް ކިޔަވައިދޭ ޏ.އަތޮޅު ސްކޫލަކީ މިވަގުތުވެސް 450އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދާ ސްކޫލެކެވެ. ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދޭން ފެށީ 1982ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު