ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ފިރިހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅޭ، ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމެވެ. ފުލުހުން ބުނީ މިރޭ 19:14ހާއިރު އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން ބުނެފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ޖައިލަމް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެެއް ވެފައިނުވާތީ އިއްޔެ ހެނދުނު 10:54 ގަައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު