މިފަހުން އައްޑޫ ސިޓީ މީދޫ ދާއިރާއަށް ކުރި ދަތުރުން ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތް ތާއީދުކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ރޮޒޭނާ ވިދާޅުވީ، ދާއިރާއަށްކުރި ދަތުރު ނިންމާލިއިރު އެނގުނު ކަމަކީ އައްޑޫ މީދޫ ދާއިރާ އޮތީ ރައީސް ޞާލިޙާއިއެކުކަން ކަމަށާއި ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކޮށްދެމުންދާ ކަންކަން ރައްޔިތުން ބަލައިގަންނަކަން ކަމަށެވެ.
އަދި މިވަރުގެ ސަރުކާރެއް އަދި ނާންނަކަމަށް އެ ރައްޔިތުން ބުނަމުންދާކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އެ ދާއިރާގައި މި ސަރުކާރުން ހިންގާފައިވާ އަދި ހިންގަން ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ލިސްޓެއް ލިޔުއްްވުމަށްފަހު ރޮޒޭ ވަނީ، ރައީސް ޞާލިޙް ނުހޮވަންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
ރޮޒޭނާއަކީ އެމްޑީޕީ ދެބައިވިއިރު ރައީސް ޞާލިޙްގެ ފަޅި ނަންގަވައި އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު