22 އަހަރު ވަންދެން ބެންކޮކްގައި ދިރިއުޅުމަށްފަހު ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެެވެ. ވިޔަފާރީގައި ދިމާވި މައްސަލަތަކެއްގެ ތެރޭގައި ބެންކޮކަށް އަމިއްލައަށް ދިރިއުޅުން ބަދަލުކުރި ޖަމްބޯ އިއްސެ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހު ރާއްޖެ އައީ އާއިލާއާއި ބައްދަލުކޮށްލުމުގެ ފޮނި އުއްމީދުގައެވެ. 22 އަހަރަށް ފަހު ރާއްޖެ އައިއިރު ހުރިހާ ކަމެއް ބަދަލުވެ، އިއްސެއަށް ލިބުނީ ހައިރާންކަމެވެ.
ސިނަމާލެ ބްރިޖްގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓްގައި އެންމެންނާއި ގުޅޭ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ) ނިޔާވި ޚަބަރުވެގެންދިޔައީ ގަބޫލު ކުރަން ދަތިވި ގިނަބަޔަކަށް ކުއްލި ޝޮކެއް ލިބިގެންދިޔަ ޚަބަރަކަށެވެ. އިއްސެ އެކްސިޑެންޓްވީ ސައިކަލުގައި މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީގައެވެ.
ޖަމްބޯ އިއްސެ ވަކިވެދިޔަކަން އަދިވެސް އާއިލާ އަށާއި އޭނާގެ ރަހުމަތްތެރިންނަށް ގަބޫލެއް ނުކުރެވެއެވެ. މިއަދާއި ހަމަޔަށް ގަދަވެ ހެއު ހާލުގައި ހުރި ޖަމްބޯ އިއްސެ ކުއްލިއަކަށް ވަކިވެދާނެ ކަމަކަށް އެމީހުން ހިތަށްވެސް ނުގެނެވެއެެވެ. ޝޯޝަލް މީޑިޔާގައި އިއްސެ އާންމުކޮށްފައިވާ ފޮޓޯތަކުން ބަލާލިނަމަވެސް އޭނާ އަކީ އާއިލާ އަށާއި ރައްޓެހިންނާއި ވަރަށް ގާތްގުޅުމެއް ބޭއްވި މީހެއްކަން އެނގެއެވެ.

ފުލުހުން ބުނީ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ މެންދުރު 2:30 ހާއިރު ކަމަށެވެ.
އުމުރުން 54 އަހަރުގެ ޖަމްބޯ އިއްސެއަށް ފަރުވާދޭން ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން މައުލޫމާތުދެއެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޖަމްބޯ އިއްސެގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ބޮލުން ގިނަ އަދަދެއްގެ ލޭ ވެސް ފައިބާފައި ހުއްޓެވެ. އެކްސިޑެންޓްގައި އިއްސެ ވެއްޓިފައި އޮތީ އުއްޑުންނެެވެ. އިއްސެ ނިޔާވީ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ޖަމްބޯ އިއްސެއަކީ ގަލޮޅު ދަނޑުގައި ފައިވާން ފިހާރަތަކެއް ހިންގަމުން ގެންދިޔަ މީހެކެެވެ. ބެންކޮކްގައި ވެސް އެ ވިޔަފާރި ވަރަށް ފުޅާދާއިރާއެއްގައި ހިންގިއެެވެ. އެގޮތުން އޭނާ ވަނީ ފައިވާން އުފައްދާ ފެކްޓަރީއެއް ވެސް ހިންގާފައެވެ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިވާން އުފައްދައިދީ އެކަމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެެވެ. އިއްސެ ނިޔާވިއިރު އޭނާ ގެންދިޔައީ ބެންކޮކުން ދިވެހި ވިޔަފާރިވެރިންނަށް މުދާ ފޮނުވައިދިނުމުގެ މަސައްކަތް ކުރަމުންނެެވެ.

ތައިލެންޑް މީހަކާއި އިނދެގެން އުޅޭ ޖަމްބޯ އިއްސެ ނިޔާވިއިރު އެކައިވެއްޏަށް ލިބިފައިވާ ދެ ކުދިން އެބަ ތިއްބެެވެ.
އިސްމާއިލާއެކު ވިޔަފާރި ގުޅުން އޮންނަ ވިޔަފާރިވެރިއަކު ބުނީ އޭނާއަކީ ވަރަށް ހިތްހެޔޮ މީހެއް ކަމަށެވެ. އެގޮތުން ބެންކޮކަށް ދާ ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް މެހުމާންދާރީ އަދާކުރާކަން އޭނާ ފާހަގަކުރިއެެވެ.

ކިޔުންތެރިންގެ ހިޔާލު