2023 ވަނަ އަހަރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަހަރު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިދިކޮޅުން ގެންދަނީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައި ނުގަންނަވާނެ ކަމަށް ބުނަމުންނެވެ.
އެގޮތުން، ދާދިފަހުން، ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އެމްއެންޑީއެފާއި ބައްދަލު ކުރި ފޮޓޯއަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ މެންބަރުންގެ ފޮޓޯއެއް އާންމުކުރައްވަމުން ސައީދު ވިދާޅުވީ، މިހާރު ފެނިގެން މިދަނީ ރައީސް ޞާލިޙްގެ މި ވެރިކަން ދެމެހެއްޓުމަށާއި އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާތަން ކަމަށެވެ.
ސައީދު ވިދާޅުވީ އޮއިވަރު އަދި ބަދަލު ވާނެކަމަށާއި 2023 ވަނަ އަހަރަކީ ރައީސް ޞާލިޙްގެ އަހަރުނޫންކަމަށެވެ.
ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ގެއްލުނުތާ 10 އަހަރުފަހުން ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައިގެ ރިޕޯޓުގައި ރައީސް ޔާމީނަށްވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.

We are witnessing Solih’s insane regime struggling for survival. He badly need military generals to intimidate elections, political activists to deliver dirty and cheap politics.Tide will change and know that,2023 is not your year @ibusolih @psmnewsmv. pic.twitter.com/IZurMjC0J3
— Mohamed Saeed (@em_saeed) December 15, 2022
ސައީދު ވިދާޅުވީ އޮއިވަރު އަދި ބަދަލު ވާނެކަމަށާއި 2023 ވަނަ އަހަރަކީ ރައީސް ޞާލިޙްގެ އަހަރުނޫންކަމަށެވެ.
ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ގެއްލުނުތާ 10 އަހަރުފަހުން ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައިގެ ރިޕޯޓުގައި ރައީސް ޔާމީނަށްވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު