ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ތިން ފިރިހެނުންނާއި އަންހެނަކަށް ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލް ދުއްވި 23 އަހަރުގެ އަންހެން މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެކެެވެ. އަދި އަނެއް ސައިކަލް ދުއްވި ފިރިހެން މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސެންސް އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.

މިއަދު މެންދުރު ސިނަމާލެ ބްރިޖް މަތީގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު