މިއަހަރުގެ ވޯލްޑް ކަޕް މުބާރާތާއި ދިމާކޮށް އެޗް.ޑީ.ސީން ކުރިއަށްގެންދާ ބޯޅަ ފޯރި ކެމްޕޭނުގެ ދަށުން، މިމުބާރާތުގެ ފައިނަލް މެޗުގައި ބޮޑެތި ހަދިޔާ ތަކެއް ދިނުމަށް އެޗް.ޑީ.ސީން ނިންމައިފިއެވެ.

ވޯލްޑް ކަޕް އާއްމުންނަށް ދެއްކުމަށް އެންމެ ބޮޑު ލެޑް ޕެނަލާއެކު ކުރިއަށް ގެންދާ ބޯޅަ ފޯރީގައި ފައިނަލް މެޗު ބެލުމަށް ދާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް އެޗް.ޑީ.ސީން ވަނީ އިޢުލާން ކޮށްފައެވެ. އެޗް.ޑީ.ސީން ބުނީ ފައިނަލް މެޗް ބަލަން ދާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގަން ހަމަޖެހިފައިވާކަމަށާއި، މިގުރުއަތުން ހޮވޭ 5 ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. 

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރި"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލެގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗުތައް އެޅުވުން ކޮންމެ ދުވަހަކުވެސް ކުރިޔަށްދެއެވެ.

އެޗް.ޑީ.ސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން