ވިލާ ޓްރޭޑިން އަދި ވިލާ ހަކަތަ ގުޅިގެން "މަވެސް ބަލަން"ގެ ނަމުގައި ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ކުރިއަށްދާ ކެމްޕޭނުގައި ބައިވެރިވެލުމަށް އާންމުކޮށް މިހާރު ހުޅުވާލާފައިވާއިރު، މިކެމްޕޭނުގައި ބައިވެރިވުމަށް މާއުނދަގުލެއްވެސް ނޫނެވެ.

ކެމްޕޭން ކުރިއަށްދާ މުއްދަތުގައި ވިލާގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިލާއިން މައުލޫމާތު ދިންގޮތުގައި ވިލާ މާޓުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ކެމްޕޭންގެ ދަށުން ދޫކުރާ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. އަދި މި ކެމްޕޭންގެ މުއްދަތު ތެރޭގައި ވިލާ ގޭހުން ވިޔަފާރިކޮށްލާ، ނުވަތަ ވިލާ ގޭހަށް ބަދަލުކޮއްގެންވެސް ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. އެގޮތުން މި ލަކީ ޑްރޯގައި ބައިވެރިވުމަށް ވިލާ ގޭހުގެ ހޮޓްލައިން (3336633)، ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ގޭސް އޯޑަރު ކޮށްލެވޭނެއެވެ. އަދި ލަކީ ޑްރޯއިން އެއްވަނައަށް ހޮވޭ ކަސްޓަރަމަރަކަށް އެންމެފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބޭއިރު ދެވަނައަށް ހޮވޭ މީހަކަށް އިތުރު މީހަކާ އެކު ރިސޯޓު ދަތުރެއް އަދި ތިން ވަނައަށް ހޮވޭ މީހަކަށް ވިލާގެ ޑިސްކައުންޓު ވައުޗަރެއް ވެސް ލިބޭނެކަމަށް ވިލާއިން މައުލޫމާތު ދެއެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެލްޕީޖީގެ ހިދުމަތް ދޭން ފެށި، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު، ކައްކާ ގޭސް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ގާބިލު ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރާ އެކު، ވިލާ ގޭސް ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ޑެލިވަރީ އަވަސް އަދި އެންމެ އިތުބާރުކުރެވޭ ބްރޭންޑަށެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން