ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހޮރައިޒަން ފިޝަރީޒުން ދަޅުގައި، “ޓޫނާ ޕާސްތާ ސޯސް” ބަންދުކޮށް ތައާރަފު ކޮށްފިއެވެ.

މި އުފެއްދުން ތައާރަފު ކޮށްފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ގދ. ފަރެސްމާތޮޑާގައި ހިންގި ހަރަކާތްތަކުގެ ތެރެއިންނެވެ. މި އުފެއްދުން ރަސްމީކޮށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.

މި ތައާރަފު ކުރި ސޯސްއަކީ ރެޑީމޭޑް އުފެއްދުމަކަށް ވުމުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރަން ހޭދަވާ ވަގުތު ސަލާމަތްވެ އިސްރާފު މަދުވުމަށް މަގުފަހިކޮށްދޭ އުފެއްދުމެކެވެ. މި އުފެއްދުން ބޭނުންކޮށްގެން ޕާސްތާ ތައްޔާރު ކޮށްލަން ހޭދަވާނީ އެންމެ ފަސް މިނެޓެވެ.

އެ ކުންފުނިން ބުނީ، މި އުފެއްދުން ތައްޔާރު ކުރަން އެއް އަހަރު ވަންދެން ތަހުލީލުތައްކޮށްފައިވާ ކަމަށެވެ. އެގޮތުން އުފެއްދުމުގެ ތައްޔާރު ކޮށްފައިވަނީ ރަހަ ނުގެއްލި ތާޒާކަންމަތީ ޝެލްފް ލައިފް ދިގުކޮށް ބޭނުންކުރެވޭގޮތަށެވެ.

މި އުފެއްދުން ތައްޔާރު ކޮށްފައިވަނީ ތާޒާ ކަނޑުމަސް އަދި ޓޮމާޓޯ ސޯސް ބޭނުންކޮށްގެން، އަދި އެއްވެސް ޕްރިޒަރވެޓިވް އެއް ނާޅައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން