މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލީހުގެ ޓްވީޓްގައި ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި އެ ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ފޮނުވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށެވެ.



ރާއްޖޭގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. 1981 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ގޮތުގައި އަލުން ފާހަގަކުރަން ފެށީ 2013 ވަނަ އަހަރުން ފެށިގެނެވެ.



ކިޔުންތެރިންގެ ހިޔާލު