އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިޚާބުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ވަރުގަދަ ފޮރިން ޕޮލިސީގެ ނަތީޖާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
އދ. ގެ ޖެނީވާ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަހުމަދު އާސިމް މިއަދު ވަނީ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބް ރައީސަކަށް އިންތިޚާބުކޮށްފައެެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރުގަދަ ފޮރިން ޕޮލިސީގެ ނަތީޖާއެއް ކަމަށެވެ.
އަދި ރާއްޖެއިން އިންސާނީ ހައްގުތައް ދަމަހައްޓައި ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ގާނޫނުތަކަށް އިހުތިރާމުކުރުމުގައި ދެމި އޮންނާނެ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
ޑރ.އަހުމަދު އާސިމް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް އިންތިޚާބުވީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބް ރައީސުންގެ ތެރެއިންނެެވެ.
ޖެނީވާގައި ހުންނަ ޔޫއެންގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް ޢައްޔަން ކުރެއްވީ 2020 ވަނަ އަހަރުއެވެެ.

#Maldives elected as VP from the Asia-Pacific Group of @UN_HRC for 2023! A result of HEP @ibusolih’s strong foreign policy.
— Abdulla Shahid (@abdulla_shahid) December 9, 2022
Ahead of #UDHR75, 🇲🇻 pledges to uphold the ideals of human rights, democracy & rule of law.
Confident that Amb @Asim_mv & @MDVinGeneva will make us proud!
އަދި ރާއްޖެއިން އިންސާނީ ހައްގުތައް ދަމަހައްޓައި ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ގާނޫނުތަކަށް އިހުތިރާމުކުރުމުގައި ދެމި އޮންނާނެ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
ޑރ.އަހުމަދު އާސިމް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް އިންތިޚާބުވީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބް ރައީސުންގެ ތެރެއިންނެެވެ.
ޖެނީވާގައި ހުންނަ ޔޫއެންގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް ޢައްޔަން ކުރެއްވީ 2020 ވަނަ އަހަރުއެވެެ.
ކިޔުންތެރިންގެ ހިޔާލު