އަހުމަދު މަސްނޫމް   9 ޑިސެމްބަރު 2022 - 19:9
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކ. މާފުއްޓަށް ވަޑައިގެންފިއެވެ.

ރަައީސް ސާލިޙު މާފުއްޓަށް ވަޑަައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޞާލިޙު މާފުށްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް މާފުށިން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް މާފުށީ ބަނދަރު ސަރަހައްދުގައި ކުރިއަށް ދިޔައެވެ.



އެނގިފައިވާގޮތުގައި ރައީސް މާފުއްޓަށް ވަޑައިގަތީ މާފުށީގައި ފުޅާ ދާއިރާ އެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގާ ކާނީ ހޮޓެލްސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަފުލާއެއްގައި ބައިވެރިވެވަޑައިގަތުމަށެެވެ. މިކަމާ ބެހޭގޮތުން މައުލޫމާތު ސާފު ކޮށްލުމަށް ރައީސް އޮފީހުގެ ތަރުޖަމާނަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ ރައީސްގެ މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބޭގޮތެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު