އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭ ކެންޑިޑޭޓް ޖެހޭނީ އެ ޕްރައިމަރީ ކާމިޔާބު ކުރަށްވާ ބޭފުޅަކާއެކު ހުންނަވަން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރަށްވާފައެވެ. އަދި އެ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވާދަކުރަށްވަން ވަނީ ނިންމަވާފައެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއާއި ގުޅޭގޮތުން މޫސަ މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނިކުންނާނީ ޕްރައިމަރީ ކާމިޔާބުކުރަށްވާ ކެންޑިޑޭޓަކާއި އެކު ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ފަރާތެއް ކަނޑައަޅާނީ ވޯޓުން އެމްޑީޕީގެ މެމްބަރުން ކަމަށް މޫސަ ވިދާޅުވިއެވެ.



"ޕްރައިމަރީގައި ބަލިވާ މީހަކީ އެމްޑީޕީގެ ކޮންމެ މީހެއްކަމަށްވިޔަސް މޮޅުވާ ކެންޑިޑޭޓަކާއި އެކު ހުންނަންޖެހޭނީ އެމީހެއްގެ ސިޔާސީ މުސްތަގުބަލް ކަނޑައަޅާނީ އެމީހަކު،" އެމްޑީޕީން ވަކިކުރުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޕާޓީއާއި ދުރުގައި ހުންނެވުމަށްފަހު ދާދި ފަހުން އެޕާޓީއާއި ގުޅިވަޑަައިގެންނެވި މޫސަ ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. މޫސަ މިއަދު ވިދާޅުވީ ގާނޫނީ ގޮތުން އެމްޑީޕީގެ މެންބަރަކަށް އިއްޔެ އޭނާ ވެފައިވާ ކަމަށެވެ. މޫސަ އެ އިޝާރަތް ކުރަށްވަނީ އިލެކްޝަން ކޮމިޝަންގައި އޮތް އެމްޑީޕީގެ ދަފުތަރުގައި އޭނާގެ ނަން ހިމެނި ހިމެނުމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ އެމްޑީޕީން އޭނާ ވަކިކުރީ ވަރަށް ބޮޑަށް ރާވައިގެން ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. މޫސަ ވަނީ އެ ފަރާތްތަކަށް ވެދުން ވެސް ފޮނުއްވާފައެެވެ.

"ދުނިޔެ ދައްކާ އިބްރަތަކީ ދިލަ ހޫނުގެ މެންދުރުގެ އިހާއި ފަހުގައި ހިތްގައިމު ރަންރީނދޫ ފަތިހަކާ ހަވީރެއް ވާކަމުގެ ޔަގީންކަން." ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަމާއި ހައްދުންމަތީ މެމްބަރުކަން ކުރެއްވި މޫސަަ ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު