ކޮރަޕްޝަންގެ ކެންސަރުން ދިވެހި ދައުލަތް ސަލާމަތްވާނީ އިސްލާމީ ޝަރީއަތް ތަންފީޒުކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮރަޕްޝަންގެ ކެންސަރުން ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާ މީހުންނަށް އޮތް ޙުކުމް ދައުލަތުން ވައްކަން ކުރާމީހުންގެ މައްޗަށް ތަންފީޒުކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަން މިއަދު ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގަނެފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މައިގަޑު މަސައްކަތަކަށް ވެފައި އޮންނަނީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުން ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ކެންސަރުން ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާ މީހުންނަށް އޮތް ޙުކުމް ދައުލަތުން ވައްކަން ކުރާމީހުންގެ މައްޗަށް ތަންފީޒުކޮށްގެންކަމަށް އުމަރު ވިދާޅުވެފައިވާއިރު ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބަކީ އަތް ކެނޑުމެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިއުލާން ކުރަށްވާފައިވާއިރު އުމަރު ގެންދަވަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ބާރު އަޅުއްވައި އެމަގަށް ވަކާލާތު ކުރަށްވަމުންނެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ އިސްތަށިފުޅުގައި އެޅުވުމަށް ވޭތުވި ހަތް އަހަރުވަންދެން، ދެ ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެ "ހުދުވަލުގެ" ހުދުކަން ސާބިތުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު