އެކި ދާއިރާތަކުން މީހުން ތަމްރީންކުރުމަށް އިންޑިއާއާއި ރާއްޖެއިން ގުޅިގެން ކުރާ މަސައްކަތުގެ ދަށުން 5 ދާއިރާއަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ރާއްޖެއިން 85 މީހަކު އިންޑިއާއަށް ފުރައިފިއެވެ.
މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާފައިވަނީ 27 ސިވިލް ސަރވަންޓުންނާއި، 50 ގާޟީންނާއި، އޮޑިޓަރ ޖެނެރަލް އޮފީހުން ދިގުމުއްދަތުގެ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވާ 2 އޮފިޝަލުންނާއި، އައިޓެކްގެ ފަރާތުން "ނަރކޮޓިކްސް ސަބްސްޓެންސަސް އެންޑް އެންފޯސްމެންޓް އޮފް ޑްރަގް ލޯސް" ތަމްރީންގައި ބައިވެރިވުމަށް ފުރާ 3 ފުލުހުންނާއި 2 ކަސްޓަމްސް އޮފިސަރުންގެ އިތުރުން އައިޓެކްއިން "ޑިޒައިން، ޑިވެލޮޕްމެންޓް އެންޑް އިމްޕްލިމެންޓޭޝަން އޮފް އީ-ލަރނިންގ" އާ ބެހޭގޮތުން ހިންގާ ތަމްރީންގައި ބައިވެރިވާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިސަރެކެވެ.
މި ޕްރޮގްރާމް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އެކި ސިޓީތަކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން ވޭތުވެދިޔަ 4 އަހަރުތެރޭގައި، ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި 1800 ދިވެހިން އިންޑިއާއަށް ދަތުރުކޮށްފައިވެއެވެ.
މީގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސްއާއި ޑިފެންސް އެންޑް ސެކިއުރިޓީއާއި، ޕޮލިސިންގް، ކަސްޓަމްސް، ފަޔަރ އެންޑް ރެސްކިއު، މީޑިއާ، ޕަރލިއަމަންޓަރީ ކޯޕަރޭޝަން، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، އޭވިއޭޝަން، ހެލްތު، އެގްރިކަލްޗަރ، ގުޑް ގަވަރނަންސް އެންޑް ޑީސެންޓްރަލައިޒޭޝަން، އެންވައިރަމަންޓް، ޓެކްނޮލޮޖީ، ޔޫތު އެންޑް ސްޕޯރޓްސް، ޑިޕްލޮމަސީ، ހަޔަރ އެޑިއުކޭޝަންގެ އިތުރުން، ދެޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ ތަފާތު އެކި އެމް.އޯ.ޔޫގެ ދަށުން އައިޓެކް ސްކީމް އާއި އައި.ސީ.ސީ.އާރް ފެލޯޝިޕް ފަދަ ތަމްރީންތައް ހިމެނެއެވެ.
އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ގުޅޭ 15 އެއްބަސްވުމެއް ރާއްޖެއިން ވަނީ އިންޑިއާއާއި އެކު މިވޭތުދެދިޔަ 4 އަހަރު ތެރޭގައި ޤާއިމުކޮށްފައެވެ.

Adding new dimension to 🇮🇳🇲🇻 Capacity Building Cooperation
— India in Maldives (@HCIMaldives) December 8, 2022
5️⃣0️⃣ Maldivian Judicial Officers (judges) will attend the 1️⃣st Customised Training Prog (12-15 Dec'22) at National Judicial Academy of India (#NJAI), Bhopal under the 2020 MoU signed between #NJAI Bhopal & @MaldivesJSC. https://t.co/9SpOJeTnAY pic.twitter.com/zQB6SEzBPA
އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން ވޭތުވެދިޔަ 4 އަހަރުތެރޭގައި، ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި 1800 ދިވެހިން އިންޑިއާއަށް ދަތުރުކޮށްފައިވެއެވެ.
މީގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސްއާއި ޑިފެންސް އެންޑް ސެކިއުރިޓީއާއި، ޕޮލިސިންގް، ކަސްޓަމްސް، ފަޔަރ އެންޑް ރެސްކިއު، މީޑިއާ، ޕަރލިއަމަންޓަރީ ކޯޕަރޭޝަން، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، އޭވިއޭޝަން، ހެލްތު، އެގްރިކަލްޗަރ، ގުޑް ގަވަރނަންސް އެންޑް ޑީސެންޓްރަލައިޒޭޝަން، އެންވައިރަމަންޓް، ޓެކްނޮލޮޖީ، ޔޫތު އެންޑް ސްޕޯރޓްސް، ޑިޕްލޮމަސީ، ހަޔަރ އެޑިއުކޭޝަންގެ އިތުރުން، ދެޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ ތަފާތު އެކި އެމް.އޯ.ޔޫގެ ދަށުން އައިޓެކް ސްކީމް އާއި އައި.ސީ.ސީ.އާރް ފެލޯޝިޕް ފަދަ ތަމްރީންތައް ހިމެނެއެވެ.
އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ގުޅޭ 15 އެއްބަސްވުމެއް ރާއްޖެއިން ވަނީ އިންޑިއާއާއި އެކު މިވޭތުދެދިޔަ 4 އަހަރު ތެރޭގައި ޤާއިމުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު