ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކޯލޯންލީ ބްރޭންޑުގެ ތަފާތު ރަހަތަކުގެ ޗޮކޮލެޓް ރަހަ ބަލާލުމަށް ބާއްވާ ހާއްސަ ހަރަކާތެއް ހޮނިހިރު ދުވަހު އޮންނާނެކަމަށް ވިލާ މާޓުން ބުނެފިއެވެ.

ވިލާ މާޓުން ލިބޭ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޓޯނީސް ޗޮކޯލޯންލީ އަކީ ތަފާތު ރަހަތައް ހިމެނޭ ކޮލިޓީ މޮޅު ޗޮކުލެޓުގެ ބްރޭންޑެކެވެ. ޓޯނީސް ޗޮކޯލޯންލީ ޗޮކޮލެޓަކީ ހުރިހާ އުމުރުފުރާއަކަށްވެސް ކަމުދާނެ ފަދައިން ތައްޔާރުކޮށްފައިވާ ރަހަމީރު ޗޮކޮލެޓެކެވެ. މިޗޮކޮލެޓަކީ އޭގެ މީރު ރަހަ އާއި އެއްވަރަށް ބޭރުފުށުންވެސް ބަލާލަން ރީތިކޮށް ޕެކްކޮށްފައި ހުރި ޗޮކްލެޓްތަކެއް ކަމުން ކޮންމެ މުނާސަބަތަކަށް ވެސް ފުރިހަމަ ހަދިޔާއަކަށްވެސް ވެގެންދެއެވެ.

2005 ވަނަ އަހަރު ބާޒާރަށް ނެރުނު ތަފާތު ރަހަތައް ހިމެނޭ ޓޯނީސް ޗޮކޯލޯންލީ ބްރޭންޑަކީ ޗޮކޮލެޓަށް ހާއްސަ ޑަޗް ބްރޭންޑެކެވެ. މި ޗޮކޮލެޓް ބްރޭންޑަކީ އިންޑަސްޓްރީއަށް ގޮންޖަހާ، ތަފާތު ގޮތަކަށް ކޮކޯ ހޯދިދާނެކަން ދައްކާލުމަށް އަޒުމުކަނޑައަޅައި މަރކެޓަށް ނެރުނު ބްރޭންޑެކެވެ. 100 އިންސައްތަ "ސްލޭވް ފްރީ" ޗޮކްލެޓެއް އުފެއްދުމުގެ އަމާޒާއެކު، ލިބުނު ބޮޑު ތަރުހީބާއެކު މިބްރޭންޑަކީ ނެދަލެންޑްސްގެ މާކެޓް ލީޑު ކުރާ އެއް ބްރޭންޑެވެ.

ޓޯނީސް ޗޮކޯލޯންލީ ބްރޭންޑުގެ ރަހަމީރު މި އުފެއްދުންތައް ކަސްޓަމަރުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމަށް ވިލާ މާޓުން މިހާރު ވަނީ، ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހަރަކާތެއް ހިންގުމަށް ނިންމާފައެވެ. ޓޯނީސް ޗޮކޯލޯންލީ ބްރޭންޑުގެ ތަފާތު ރަހަތަކުގެ ޗޮކޮލެޓް ރަހަބަލާލުމުގެ ފުރުސަތު ލިބިގެންދާ މި ހަރަކާތް ކުރިއަށްދާނީ، މާލޭގެ ރެހެންދި ހިނގުމުގައި ހުންނަ ވިލާ މާޓް 3 ކުރިމަތީއެވެ.

މިހަރަކާތުގައި ވިލާ މާޓުން ލިބެން ހުރި ޓޯނީސް ޗޮކޯލޯންލީ ބްރޭންޑުގެ ޑާކް ޗޮކްލެޓް، ހެޒެލްނަޓް، މިލްކް، ވައިޓް، ކެރެމަލް، ހަނީ، އަލްމަންޑްސް، ރާސްޕްބެރީ އަދި ސީ ސޯލްޓް ގެ އެކި ރަހަތައް ހިމެނޭ ޗޮކުލެޓު ރަހަބަލާލުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ.

މިއީ ވިލާ މާޓުގެ އެކްސްކްލޫސިވް ޕްރޮޑަކްޓްތައް އާންމުން ތަޖުރިބާ ކޮށްލުމަށް ބާއްވާ މިފަދަ ހަތަރު ވަނަ ހަރަކާތެވެ. މިފަދަ އިވެންޓުތަކާއެކުވެސް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ.

އެގޮތުން ވިލާ މާޓުގެ ކޮންމެ ފިހާރައަކަށް ނަޒަރު ހިންގާލިޔަސް، ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކުގެ އިތުރުން، އެކި ކަހަލަ މޭވާ އަދި ތަރުކާރީ އާއި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެކި ބާވަތްތައް ދަތި ނުވެ އަދި ހުސްނުވެ ލިބޭނެ މަގުފަހިކޮށް ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން