ބޮޑު މުސާރައަކާއެކު މީދާ ހުސްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭނެ ފަރާތެއް ހޯދަން އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރު އިއުލާންކޮށްފިއެވެ.

ކަމާއި ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި 8 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ނިއުޔޯކް ސިޓީގައި 2 މިލިއަނެއްހާ މީދަލާއި ހިކަނދި ނުވަތަ އޭގެ އާއިލާތަކަށް ނިސްބަތްވާ އެއްޗެހި އުޅެއެވެ. އަދި އެކަމުގެ ސަބަބުން އެ ސިޓީގެ އާއްމު ސިއްހަތަށް އޮތް ނުރައްކާ ބޮޑެވެ.

ނިއުޔޯކް ސިޓީގައި މީދަލުގެ އުނދަގޫ ބޮޑުވެގެން އެ ސިޓީގެ މޭޔަރުގެ އޮފީހުން ވަނީ މީދާ ހުސްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

ޑިރެކްޓަރ އޮފް ރޯޑެންޓް މިޓިގޭޝަންގެ ނަމުގައި އިއުލާންކޮށްފައިވާ މި ވަޒީފާގެ މުސާރައަށް އަަހަރަކު ގާތްގަނޑަކަށް 170000 ޑޮލަރު (2.6 މިލިއަން ރުފިޔާ) ލިބޭނެއެވެ.

ނިއުޔޯކް ސިޓީގައި މީދަލުގެ އުނދަގޫ ބޮޑުވެފައިވާއިރު މިފަހުން އަނެއްކާވެސް ޕާކުތަކާއި މަގުތަކުގައި މީދާތައް ވަނީ އިތުރުވާން ފަށާފައެވެ.

މީގެކުރިން ނިއު ޔޯކް ސިޓީގެ މޭޔަރުކަން ކުރެއްވި އެހެން ބައެއް ބޭފުޅުންވެސް ވަނީ މީދަލުގެ އުނދަގުލުން ސަލާމަތްވުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްފައެވެ. ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އާރުބިންޔޫސުފު.

22-Feb-2023

އެމެރިކާއަދި އިޒުރޭލުގެ މީދާތަކުގެ އުނދަގޫ މިހާރުމުޅި ދުނިޔެއަށް ބޮޑުވެފަ މިއޮތީ .


4

ބުއްޅަބޭ

22-Feb-2023

ނިއުޔޯކް ސިޓީގާ މީދަލާއި, ހިކަދީގެ ބޯހިމަނާތީތާ އެސޫފިތަކުގެ އަދަދު އެނގުނީ



ޓްރެންޑިން