އަހުމަދު މަސްނޫމް   8 ޑިސެމްބަރު 2022 - 19:52
އެމްޓީސީސީން މާލޭގައި ދެމުންގެންދާ މިނީ ބަހުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އޯކިޑް ރޫޓަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ހޮނިހިރު ދުވަހުން ފެށިގެން އޯކިޑް ރޫޓަށް ގެންނަ ބަދަލާއެކު ބޮޑުތަކުރުފާނު މަގު ވެސްޓު ޕާކު ބަސް ހުއްޓި އަދި މަޖީދީ މަގު ސޯޝަލް ސެންޓަރު ބަސް ހުއްޓި އެ ރޫޓުން އުނިކޮށްފައިވާކަމަށެވެ.



މީގެއިތުރުން އަމީނީ މަގާއި ކަނބާއައިސާރަނި ހިނގުމާއި ބޮޑުތަކުރުފާނު މަގަށް ބަސް ހުއްޓިތަކެއް ވަނީ އިތުރުކޮށްފައެވެ.

ބަސް ހުއްޓިތައް އިތުރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުން ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި، ކަނބާއައިސާރަނި ހިނގުމުން ސޯޝަލް ސެންޓަރ ބަސް ހުއްޓި އަދި އައިޖީއެމްއެޗް ބަސް ހުއްޓި، އަމީނީ މަގުން މާފަންނު ފެރީ ޓާމިނަލް ބަސް ހުއްޓިއެވެ.



ކިޔުންތެރިންގެ ހިޔާލު