އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، މާޓިން ރޭއިސް ތަޢުރީފުކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، މާޓިން ރޭއިސް ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުނުފަހުން، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއާ ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ވޯލްޑްބޭންކާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޯލްޑްބޭންކުގެ ލަފައާ އެއްގޮތަށް އިޤްތިޞާދީ ގޮތުން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އަލިއަޅުވާލެއްވިއެވެ.
ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި އެ ނިންމެވުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ވިދާޅުވިއެވެ.
ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބުރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިޤްތިޞާދީ ވިލުންތެރިކަމަށާއި އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އިންސާނީ ވަޞީލަތް ބިނާކުރުކަން ވޯލްޑްބޭންކުގެ ނައިބުރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައިވެސް ދެފަރާތުގެ ދެމެދު އެއްބާރުން އިތުރުކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު