އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބެންކު އޮފް އިންޑިއާއާއި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ދެމެދު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކުރުމަށް ގާއިމްކުރި އެއްބަސްވުމެއްކަމަށް އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން މިއަދު ނެރުނު ބަޔާނެއްގަައިވެއެވެ.

ސާކު ގައުމުތަކާއެކު ހަދާ ކަރަންސީ ސްވޮޕް އެއްބަސްވުންތަކުގެ ދަށުން ހެދި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކުރު މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ.



މި އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރާ ހަމައަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބޭނެކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ބުނެއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބެންކު އޮފް އިންޑިއާއާއި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ދެމެދު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއް މިއަދު ގާއިމްކުރިއިރު އިންޑިއާ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ބަޖެޓް ސްޕޯޓުގެ ގޮތުގައި ހަމަޖައްސައިދީފައެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުވެސް އިންޑިއާއިން ވަނީ ރާއްޖެއާއެކު 200 މިލިއަން ޑޮލަރުގެ ސްވޮޕެއް ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން