ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ތައުރީފްކުރައްވައި ވޯލްޑް ބެންކުގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ނާއިބު ރައީސް މާޓިން ރައިސަރ ވާހާކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ. އެގޮތުން މާޓިން ވަނީ ދައުލަތުގެ އިގްތިސާދު ކުރިއަރުވައި، މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ، މަސައްކަތް ފާހަގަކުރައްވައި އެކަމަށް ތައުރީފް ކުރައްވާފައެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސަރުކާރުގެ އެ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.



ރޮޒައިނާ ވިދާޅުވީ ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދަށް ރާއްޖެ ވެފައި މިވަނީ، ރައީސް ސާލިހުގެ ސަރުކާރުން އަޅަމުން އައި އިގްތިސޯދީ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކަކަށް ވީމާކަމީ އެނގެން އޮތް ސާފު ހަގީގަތެއްކަމަށެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖެއަކީ ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްް އިގްތިސާދެވެ. އަދި މިއަހަރު ނިމޭއިރު ކޯވިޑްގެ ކުރިން އިގްތިޞާދު އޮތް ހާލަތަށް ރާއްޖޭގެ އިގްތިސާދު ދާނެކަމަށްވެސް ރާއްޖެއާއި ބޭރުގެ މާލީ އިދާރާތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު