މާލޭގައި އުމުރުން 75 އަހަރުގެ މީހަކަށް ހަމަލާދީ، އޭނާގެ ވޮލެޓް ފޭރިގަތް މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެއް ކަމަށެވެ. އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓްއަމުރެއްގެ ދަށުންނެެވެ. ފުލުހުން ބުނިގޮތުގައި އެ ދެމީހުން ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިއްމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަގެއްގެ މަތިން ހިނގާފައި ދަނިކޮށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފޭރިގެންފައިވަނީ ތ. އޮމަދޫ، އަދުނާނު ހުސައިންގެ ވޮލެޓެެވެ. އެ ވޮލެޓް އަތުލަން އެމީހުންގެ ފަހަތުން އޭނާ ވަނީ ދުވެފައެވެ. އޭނާ މަރުވީ ފޭރުނު މައްސަލަ ރިޕޯޓް ކުރަން މާފަންނު ޕޮލިސް ސްޓޭޝަނުގައި ހުއްޓައި ކުއްލިގޮތަކަށެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޢަލީ

22-Feb-2023

ކީންކުރަންތަ މަރުވި މީހާގެ ފޮޓޯ ޖަހަނީ. ފޭރުނު މީހުންގެ ފޮޓޯތައް ޖަހާބަލަ. ފޭރޭ މީހުންގެތަ ހައްގުތައް އޮތީ. ކިހާދެރަކަމެއް ދެން މީ



ޓްރެންޑިން