މެލޭޝިޔާގެ ޔުނިވަރސިޓީއެއްގައި ކިޔަވާ ދިވެހި ޒުވާނަކު އަމިއްލަ އަށް އުފެއްދި ޑްރޯން އަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެެވެ.

އެ ޑްރޯން އުފައްދާފައިވަނީ ފ.ނިލަންދޫ އަށް އުފަން ޝުހުރާބު މުހައްމަދު (ޝުއްބެ) އެވެ. ފ.އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމް ހާސިލްކޮށްފައިވާ އެ ޒުވާނާ މިހާރު ގެންދަނީ މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީ އިން މެކޭނިކަލް އިންޖިއަނިރިންގެ ބެޗްލާސް އޮފް ޑިގްރީއަށް ކިޔަވަމުންނެެވެ. އެ ޑިގްރީ ކޯހުގައި ކިޔަވައިދޭ މާއްދާގެ ފައިނަލް ޕްރޮޖެކްޓަށް ޝުހުރާބު އުފެއްދި ޑްރޯންގެ ފޮޓޯތަށް އޭނާ އިއްޔެ ވަނީ ޝޯޝަލް މީޑިޔާގައި އާންމުކޮށްފައެވެ.އެ ފޮޓޯތަށް އާންމުކުރުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ވަނީ ލިބިފައެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.



ރާއްޖެއިން ބޭރުގައި ހުރެ ރަސްއޮންލައިން ދިން ފޯނުން ދިން އިންޓަވިއު އެއްގައި ޝުހުރާބު މުހައްމަދު ބުނީ އެ ޑްރޯން އުފެއްދީ އަމިއްލަ މަސައްކަތުން ކަމަށެެވެ. އެ ޑްރޯން އުފެއްދީ ލެކްޗަރާގެ ފަރާތުން ކުލާހުގައި ލިބުނު މައުލޫމާތުގެ އަލީގައި ހެދި ޕްރޮޖެކްޓަކަށް ކަމަށް ޝުހުރާބު ބުންޏެެވެ. ޝުހުރާބު ބުނީ ޑްރޯން އުފެއްދީ ވަރަށް ރީތި އެއްޗަކަށް ވެފައި އޭނާ ކިޔަވާ މާއްދާ މެކަޓްރޯނިކްސް އާއި ވަރަށް ގުޅޭ އެއްޗަކަށް ވާތީ ކަމަށެވެ. ޑްރޯން އުފައްދާނެ ގޮތް ހޯދީ ޔޫޓިއުބުން މައުލޫމާތު ހޯދައިގެން ކަމަށާއި އެއްޗެހި ހޯދީ މެލޭޝިޔާ އިންއޮންލައިން ކޮށް ކަމަށް ޝުހުރާބު ބުނެފައިވެއެެވެ.

"އޮންލައިން ކޮށް އެއްޗެހި އޯޑަރު ޖަހާފައި ގާތްގަޑަކަށް ހަފުތާއެއްގެ ތެރޭގައި ލިބިއްޖެ ހުރިހާ އެއްޗެއް ލިބުނީމަ ހަފުތާއެއްވަރު އެކަމުގައި އުޅެގެން ޑްރޯން އެއްކޮށް ނިއްމާލެވުނީ މި ބުނީ ހާޑްވެއާރ އާއި ޕްރޮގުރާމިން، ޕްރޮގުރާމިންގައި ވާގޮތަކީ ޕްރޮގުރާމިންގެ ބޮޑުބައެއް އިންޓަނެޓް މެދުވެރިކޮށް ކޯޑްތަކާއި އެއްޗެހި ހޯދަންޖެހެނީ ދެން ޑްރޯން އަށް ބޭނުންވާ ކުދި ތަންތަންކޮޅު ބަދަލުކޮށްލަންޖެހެނީ،" ޑްރޯން އުފައްދަން މަސައްކަތް ކުރި ގޮތް ޝުހުރާބު ރަސްއޮންލައިން އަށް ކިޔައިދިނެެވެ.



އޭނާ ބުނީ ޑްރޯން ނިއްމާލުމަށްފަހު މާގިނަ ޓެސްޓް ފުލައިޓްތަކެއް ނުކުރެވުނު ކަމަށާއި ފުރަތަމަ ޑްރޯން އެރުވިއިރު އެހާ ރަނގަޅަށް ނޭރުވޭ ކަމަށެވެ. އެހެން ނަމަވެސް އެ ޑްރޯން ސަބްމިޓް ކުރުމުން ކުދި ކުދި ބަދަލުތަށް ގެނައުމުން ޑްރޯން ރަނގަޅުވާނެ ކަމަށް ލެކްޗަރާ ބުނި ކަމަށް ޝުހުރާބު ބުނެއެވެ.

"ހަފުތާއެއް ފަހުން ލެކްޗަރާއި ބުނި ކުޑަކޮށް އެބަލާލައިފީމޭ, މިހާރު ރަނގަޅަށް އެ ފުލައި ކުރާ ކަމަށް ބުނީ މިހާރު ޑްރޯންވީ ލެކްޗަރާ އަތުގައި ޕްރޮޖެކްޓް ސަބްމިޝަން ނިމިއްޖެ،" ޑިގްރީ ކޯހުގެ ސަބްޖެކްޓް އެންމެ މަތީ މާކްސް ހޯދި ޝުހުރާބު ބުންޏެވެެ.



މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީ އިން މެކޭނިކަލް އިންޖިއަނިރިންގެ ބެޗްލާސް އޮފް ޑިގްރީ ކޯހުގައި ޕްރޮޖެކްޓް ތަށް ހަވާލުކުރަނީ ދެ ކުދިންގެ ގުރޫޕްތަކަށެވެ. އެގޮތުން ޑްރޯން ހަދަންޝުހުރާބާއެކު ހުރި ކުއްޖާ ވަނީ އެމާއްދާ އިން ވަކިވެފައެވެ. އެހެންކަމުން ޑްރޯން ހެދުމުގެ މަސައްކަތް ކުރަންޖެހުނީ ޝުހުރާބު އަމިއްލަ އަށް ކަން ފާހަގަކުރެވެއެވެ.

މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީ އިން މެކޭނިކަލް އިންޖިއަނިރިންގެ ބެޗްލާސް އޮފް ޑިގްރީ ކޯހަކީ ހަތަރު އަހަރުގެ ކޯހެކެވެެ. ކޮވިޑާއި ގުޅިގެން ދެ ސެމިސްޓާ ރާއްޖޭގައި ހުރެ އޮންލައިންކޮށް ކިޔެވުމަށްފަހު ޝުހުރާބު މެލޭޝިޔާ އަށް ދިޔައީ މިއަހަރުގެ ފެބުރުއަރީ މަހުއެވެެ. ޝުހުރާބުގެ އިތުރުން އެ ޑިގްރީ ކޯހުގައި މެކަޓްރޯނިކްސް މާއްދާ 10 ދަރިވަރުން ކިޔަވައެވެ.



ކިޔުންތެރިންގެ ހިޔާލު