ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއާއި މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓްލެކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ އިންޖީނުގެއަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކުން ކުރިއަށް އޮތް ބައިގަޑިއިރު ތެރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ހުޅުމާލޭގެ އިންޖީނު ގެއަށް ދިމާވެގެން އުޅެނީ ކޮން ކަހަލަ މައްސަލައެއްކަމެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.
އެނގިފައިވާގޮތުން މިހާރު ހުޅުމާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.

ކިޔުންތެރިންގެ ހިޔާލު