މާފަރު އެއަރޕޯޓް ފޭސް 2 ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ ޑިވެލޮޕްމަންޓް އެންޑް އެކްސްޕެންޝަން އޮފް މާފަރު އެއަރޕޯޓް ފޭސް 2ގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.

މި މަޝްރޫއަށް އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.



މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.5 ކިލޯމީޓަރަށް އިތުރު ކުރުމާއި، ރަންވޭ ރީސާފޭސް ކުރުމުގެ އިތުރުން އެއާޕޯޓްގެ ދިގުމިން 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެހެން ނަމަވެސް އީއައިއޭ އެސެސްމެންޓްތަކެއް ހަދަން ޖެހޭނަމަ، އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ފެށޭނީ އީއައިއޭ އެސެސްމެންޓްތައް ނިންމުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވީ 2019 ވަނަ އަހަރުއެވެ. އެއާޕޯޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީން ވެރިކަމުގައެވެ. އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހިލޭ އެހީގެ ދަށުން މި އެއާޕޯޓް ތަރައްގީ ކުރީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ވެސް ޖެއްސޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން