އިނގިރޭސިވިލާތުގެ ޒުވާނަކު ރާއްޖޭގައި އިސްލާމް ދީން ގަބޫލުކޮށްފިއެވެ.

ރާއްޖޭގައި އިސްލާމްދީން ގަބޫލުކޮށްފަައިވަނީ އިނގިރޭސިވިލާތުގަައި ރޮބާޓް ކަލެބް ސްޓްރޭން ނަމަކަށް ކިޔާ ޒުވާނެކެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ އިސްލާމްދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާއާއި ސެޓްފިކެޓެއް ހަވާލުކޮށްފަައެެވެ. އެ ސެޓްފިކެޓުން އެގޭގޮތުގައި އޭނާ އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.



އެ ސެޓްފިކެޓްގައި ބުނީ އިސްލާމް ދީން ގަބޫލުކޮށް، އިސްލާމްވުމުގެ ގޮތުން ޝަހާދަތް ކިޔައި އިސްލާމް ދީން ރޮބާޓް ކަލެބް ގަބޫލުކޮށްފައިވާ ކަމަށެވެ. އޭނާ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތުގެ ދެ ކަލިމަ ކިޔައި ހިތުން އެކަން ގަބޫލުކުރީ ދެ މީހެއްގެ ކުރިމަތީގައި ކަމަށް ދެ ސެޓްފިކެޓްގައިވެއެވެ.

ރޮބާޓް ކަލެބް އިސްލާމް ވުމަށް ފަހު އޭނާގެ ނަން ވަނީ އުމަރުއަށް ބަދަލުކޮށްފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އޭނާއާ ބައްދަލުކުރަށްވައި މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖޭގައި މީގެ ކުރިންވެސް އެހެން ގައުމުތަކުގެ މީހުން އިސްލާމްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން