ކައުންސިލްތައް ބާރުވެރިކުރުވި ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް ލިބޭގޮތް ހަމަޖައްސައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެންނެވެެ.

އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރި ހަމައެކަނި ސަރުކާރަކީ ރައީސް ސޯލިހްގެ ސަރުކާރު ކަމަށެވެ.



"ކައުންސިލްތައް ބާރުވެރިކުރުވުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރި ސަރުކާރަކީ ރައީސް ސޯލިހްގެ ސަރުކާރު." ރާއްޖޭގެ ކުރިއެރުވުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެެއް ދޭން ތާއިދު ކުރަށްވާ ކަން ހާމަކުރަށްވައި ރޮޒައިނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ގެނަސް އަމިއްލައަށް ވިޔަފާރި ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް މި ސަރުކާރުން ވަނީ ތަނަވަސް ކޮށްދީފައެވެ. މީގެ އިތުރުން ކައުންސިލްތަކަށް ދީފަައިވާ އިތުރު ބާރުތަކުގެ ތެރޭގައި ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ ރަށު ކައުންސިލް ކަމަށް ހަމަޖެއްސުމާއި އެ ވަސީލަތްތަކުން ހޯދާ އާމްދަނީ އެ ރަށަކަށް ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން