ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެ ސަރަހައްދުގައި ގާއިމުކޮށްފައި ހުރި ސްޓްރަކްޗަރގައި ފުރަތަމަ ޕެނަލްތައް ހަރުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއާއި ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސްޕްރެޒިޑެންޓް މާރޓިން ރެއިސާރ ގެ އިތުރުން ވޯލްޑް ބޭންކާއި ސްޓެލްކޯ އަދި އެޗްޑީސީގެ އިސްވެރިންނެވެ.

އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިއީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ، ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރަން ހަވާލު ކޮށްފައިވަނީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑާއެވެ.

އެންސިސް ކޯ ލިމިޓެޑުން ވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ސްޓީލް ސްޓަރކްޗަރ އެއް ގާއިމުކޮށްފައެވެ.



އެންވާރަމަންޓް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި، މި ސްޓަރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭނެކަމަށް އަންދާޒާ ކުރެވެނީ އަންނަ އަހަރުގެ ދެ ވަނަ ކުއާރޓަރ ނިމުމުގެ ކުރިން ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ މިފަދަ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އައިމިނަ މާލެ

22-Feb-2023

އީވާ ފިރިމީހާ އަށް ލިބުނު ޕްރޮޖެކްޓެއް.



ޓްރެންޑިން