ދައުލަތުގެ މީޑިއާގެ ވޯލްޑްކަޕް ކަވަރޭޖުގައި ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ވާހަކަ ދެއްކި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑީއާ، ޕީއެސްއެމުން ބުނެފިއެވެ.

ބައެއް މީޑިޔާތަަކަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ސްޕޯސްޓް ހެޑް، ހުސައިން ފަރިޔާޒު މިއަދު ވިދާޅުވީ ޒަރިޔަންދު ދެއްކި ވާހަކަ ޕީއެސްއެމުން ބަލަމުން ގެންދާ ކަމަށާއި އެ މައްސަލަ ބެލުމަށްފަހު، ކުރިއަށް ހުރި މެޗުތަކުގެ ކަވަރޭޖުގައި އޭނާއަށް ފުރުސަތު ދިނުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އެކަން ބަލަމުންދަނީ ޕީއެސްއެމްގެ ވަކި ގުނަވަނަކުން ކަމަށާއި އޭނާގެ ވާހަކަ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބަލާނެ ކަމަށް ފަރިޔާޒު ވިދާޅުވިއެވެ.



ޕީއެސްއެމްގެ “ޔެސްޓީވީ”ގައި ޒަރިޔަންދު ރޭ ވާހަކަދައްކަމުން ބުނެފައިވަނީ “ހަންކަޅު ދެ ކުދިން” އަރުވައިގެން، ސްޕެއިނަށް ފައިދާއެއް ނުކުރި ކަމަށެވެ. ޒަރިޔަންދު އިޝާރާތް ކުރި ދެ ކުޅުންތެރިންނަކީ ސްޕެއިނުގެ އަންސޫ ފާޓީ އާއި އަލެހަންދްރޯ ބާލްޑޭއެވެ.

ޒަރިޔަންދުގެ މި ވާހަކައާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ޒަރިޔަންދުގެ ވާހަކަތަކަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކި ވާހަކަ ތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ އެކަން ކުށްވެރިކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ގޮހޮރޭ.

22-Feb-2023

މީނަ މީ މިހާތަނަށް ދިވެހި ފުޓްބޯޅަށް ދަނޑެއްގަ އެންމެނުރައްކާތެރި ހަމަލާ ކުޅުންތެރިޔަކަށް ދިނުމުގެ ރެކޯޑް އޮތްފަރާތް. ދުނިޔޭގެ ފުޓްބޯޅައިގެ ވެސް މަދުވާނެ އެވަރުގެ އަނިޔާވެރި ފައުލް. މީނަ ފުޓްބޯޅަ ޝޯއަކަަށް އަރުވަން ހެޔޮނުވާނެ. ދިވެހި ފްޓްބޯޅައިގެ ތާރީޚުގަ އެދުވަސް ލިޔެވިފަ އޮންނާނެ. ރަސްނޫސް މިކަން ދިރާސާކޮށްލަބަލަ.



ޓްރެންޑިން