އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2022 - 12:30
ރައްޔިތުންގެ މަޖިލީހުގައި 21 މީހުންގެ ޖާގައިގެ ލިފްޓެއް ބެހެއްޓުމަށްޓުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މަޖިލީހުން ނެރުނު އިއުލާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އައު އިމާރާތުގެ ހުޅަނގު އުތުރު ކަނަށްވާގޮތަށް އިމާރާތް ކުރެވޭ އެނެކްސްގެ ތެރެއިން އިމާރާތުގެ ޓެރަސް ހިމެނޭގޮތަށް ކޮންމެ ބުރިއަކަށް ދެވޭގޮތަށް 21 މީހުންގެ ލިފްޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާ އީ.އައި.އޭ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.



މަޖިލީހުގެ އިއުލާންގައި ވަނީ މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައެވެ.

މަޖިލީހުގައި 21 މީހުންގެ ޖާގައިގެ ލިފްޓެއް ބެހެއްޓުމަށް މަސައްކަތްކުރަމުންދާއިރު، މިހާރުވެސް މަޖިލީހުގެ އައު އިމާރާތުގައި 3 ލިފްޓް ހުރެއެވެ.



ކިޔުންތެރިންގެ ހިޔާލު