ދިވެހި ބައެއްގެ ޕީއެޗްޑީ ފާސް ގަބޫލުނުކުރި މައްސަލައެއް ކޯޓަށް ހުށައެޅުމުން ރާއްޖެއިން ޤަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މަޢުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭއީން ބަޔާނެއް ނެރެފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭއީން މިބަޔާން ނެރެފައިވަނީ ރާއްޖެއިން ބޭރުން ބަޔަކު ހެދި ޕީއެޗްޑީތަކެއް އެމްކިޔުއޭއިން ޤަބޫލުނުކުރި މައްސަލައެއް ކޯޓަށް ހުށައަޅައި މައްސަލަ ބަލަން ފެށުމުން މީޑިއާގެ ސަމާލުކަމަށް އެކަން އައުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނާ ޕީއެޗްޑީ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސަނަދެއް ނޫނެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީ އާ ޙަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާއެއްކަމަށެވެ. ވުމާއެކު، އެކި ފަރާތްތަކުން ޙާޞިލުކުރާ ސަނަދުތަކަކީ، އެ އޮތޯރިޓީން ޤަބޫލުކުރާ ސަނަދުތަކަކަށް ވާންޖެހޭކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެގޮތުން، ރާއްޖެއިން ބޭރުން ޙާޞިލުކުރާ މަތީ ތަޢުލީމުގެ ސަނަދުތަކަކީ، އެމްކިޔޫއޭއަށް ހުށަހަޅައިގެން އެ އޮތޯރިޓީން ޤަބޫލުކޮށް، އެކަމަށް ޚާއްޞަ އޮތޯރިޓީގެ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭނެކަމަށާއި އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ބަލައިގަންނަނީ އެ އޮތޯރިޓީން ޤަބޫލުކޮށްފައިވާ ސަނަދުތައްކަމަށްވެސް އެމްކިޔޫއޭއިން ބުނެއެވެ.
ނަމަވެސް، އެ އޮތޯރިޓީން ޤަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މަޢުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައި ވާއިރު، މިފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީން ޤަބޫލުނުކުރާކަމަށް ޢާއްމުކޮށް އިޢުލާންކޮށްފައިވާ ސަނަދުތަކާއި، ސަނަދުތައް ޤަބޫލުކުރުމުގެ އުޞޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި އެމްކިޔޫއޭއިން ޤަބޫލުނުކުރެވޭ ފަދަ ސަނަދުތައްވެސް ހިމެނޭކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފާހަގަކުރެއެވެ.
އެހެންކަމުން މުއައްސަސާތަކުންނާއި، ސަނަދު ޙާޞިލުކުރައްވާ ފަރާތްތަކުން މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު