އަހަރުގެ އެންމެ މަގުބޫލު ފިލްމީ ތަރިއަކަށް ކްރިސް ހެމްސްވޯތު އަދި އަހަރުގެ އެންމެ މަގުބޫލު ލަވަކިޔުންތެރިއަކަށް ހެރީ ސްޓައިލްސް ހޮވިއްޖެއެވެ.

އިނގިރޭސި ފިލްމާއި، ލަވައާއި މިއުޒިކަށް ހާއްސަކޮށްގެން މިހާރު ކުރިއަށްދާ ޕީޕަލްސް ޗޮއިސް އެވަރޑްސްގައި މިދެތަރިން މިހާއްސަ އެވަރޑް ހާސީލުކޮށްފައިވަނީ އާންމުންގެ އެންމެ ގިނަ ވޯޓު ލިބިގެންނެވެ. އެގޮތުން މިއެވަރޑް ޝޯވް ކުރިއަށް ގެންދިއުމުގެ ކުރިން 40 ކެޓަގަރީ އަކުން ވަނީ އާންމުންގެ ވޯޓަށް ހުޅުވާލާފައެވެ.

އާންމުންގެ ވޯޓުން އަހަރުގެ އެންމެ މަގުބޫލު ފިރިހެން ފިލްމީ ތަރިއަކަށް ކްރިސް ހެމްސްވޯތު ހޮވިފައިވާއިރު، އެންމެ މަގުބޫލު އަންހެން ފިލްމީ ތަރި އަދި އެންމެ މަގުބޫލު އެކްޝަން ފިލްމީ ތަރިއަކަށް ހޮވިފައިވަނީ އެލިޒަބަތު އޯލްސެން އެވެ. އަދި ކޮމެޑީ މޫވީ ސްޓަރގެ އެވަރޑް ހާސިލުކޮށްފައިވަނީ އެޑަމް ސޭންޑްލަރ އެވެ.

ޕީޕަލްސް ޗޮއިސް އެވަރޑްސް ގައި އެންމެ މަގުބޫލު ޑްރާމާ މޫވީ ސްޓަރ އަކަށް އޮސްޓިން ބަޓްލާ ހޮވިފައިވާއިރު، ޓީވީ ޝޯވްތަކުން އެންމެ މަގުބޫލު ފިލްމީ ތަރިންނަށް ހޮވިފައިވަނީ ސްޓްރޭންޖަރ ތިންގްސްގެ ނޯއާ ޝެނެޕް އަދި ގްރޭޒް އެނަޓޮމީގެ އެލެން ޕޮމްޕިއޯ އެވެ.

މީގެ އިތުރުން އަހަރުގެ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިއަކަށް ހެރީ ސްޓައިލްސް ހޮވިފައިވާއިރު، އަހަރުގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިއަކަށް ހޮވިފައިވަނީ ޓޭލަރ ސްވިފްޓެވެ. އަދި އެންމެ މަގުބޫލު މިއުޒިލް ގްރޫޕްގެ ގޮތުގައި ހޮވިފައިވަނީ ކޭޕޮޕް ބޭންޑް ބީޓީއެސް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން