އަހަރުގެ އެންމެ މަގުބޫލު ފިލްމަކަށް 'ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓިވަރސް އޮފް މޭޑްނެސް' ހޮވިއްޖެއެވެ.

މިލަގަބު 'ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓިވަރސް އޮފް މޭޑްނެސް' އަށް ލިބިފައިވަނީ މިހާރު ކުރިއަށްދާ ޕީޕަލް ޗޮއިންސް އެވަރޑްސްއިންނެވެ.

ގިނަބަޔަކު އިންތިޒާރު ކުރަމުން އައި މި އެވަރޑަކީ އާންމުންގެ ތެރެއިން ނަގާ ވޯޓުން ދޭ އެވަރޑްތަކެކެވެ. އިނގިރޭސި ފިލްމާއި، ލަވައާއި މިއުޒިކަށް ހާއްސަ މިއެވަރޑް ޝޯވް ކުރިއަށް ގެންދިއުމުގެ ކުރިން 40 ކެޓަގަރީ އަކުން ވަނީ އާންމުންގެ ވޯޓަށް ހުޅުވާލާފައެވެ.

އެގޮތުން މިއަހަރުގެ އެންމެ މަގުބޫލު ފިލްމަކަށް 'ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓިވަރސް އޮފް މޭޑްނެސް' ހޮވިފައިވާއިރު، މިއަހަރުގެ އެންމެ މަގުބޫލު ކޮމެޑީ ފިލްމަކަށް ހޮވިފައިވަނީ 'ދަ އެޑަމް ޕްރޮޖެކްޓް' އެވެ. އަދި އެންމެ މަގުބޫލު އެކްޝަން ފިލްމެއްގެ ގޮތުގައި 'ޓޮޕް ގަން: މެވްރިކް' ހޮވިފައިވެއެވެ.

މީގެއިތުރުން އަހަރުގެ އެންމެ މަގުބޫލު ޓީވީ ޝޯވް ގެ ގޮތުގައި 'ސްޓްރޭންޖާ ތިންގްސް ހޮވިފައިވާއިރު، އެންމެ ގިނަބަޔަކަށް ކަމުދިޔަ ޑްރާމާގެ ގޮތުގައި 'ގްރޭޒް އެނަޓޮމީ' ހޮވިފައިވެއެވެ. އަހަރުގެ އެންމެ މަގުބޫލު ކޮމެޑީ ޝޯވްއެއްގެ ގޮތުގައި 'ނެވަރ ހޭވް އައި އެވަރ' ހޮވިފައިވާއިރު، ގިނަބަޔަކަށް އެންމެ ކަމުދާ ރިއަލިޓޫ ޝޯވްއެއްގެ ގޮތުގައި ހޮވިފައިވަނީ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް' އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން